މޯލްޑިވްސް ޑިޖިޓަލްލައިބްރަރީ ގެ ތަޢާރަފު
މޯލްޑިވްސް ޑިޖިޓަލް ލައިބްރަރީއަކީ ރާއްޖޭގެ ލައިބްރަރީތަކުގައި ހުރިތަކެތި އޮންލައިންކޮށް ހޯދޭނޭ އިންތިޒާމް ހަމަޖެއްސުމާއި، ފުލްޓެކްސްޓް ލިބޭވަރަކުން ޑިޖިޓަލްކޮށް މުޅިފޮތް އޮންލައިންކޮށް ކިޔައިލެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފެށިފައިވާ ޤައުމީ މަސައްކަތެކެވެ.
މި މަސައްކަތް ފެށިގެން އައި ގޮތާއި މި މަސައްކަތުގައި މަސްއޫލު ފަރާތްތައް
ރާއްޖޭގެ ލައިބްރަރީތައް ތަރައްޤީކުރުމާއި، އެތަންތަނުން ދެވޭ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ބަލައިގަނެވޭ އަދި މިހާރުގެ އޮންލައިން މާހައުލާއިގުޅޭ ގޮތަކަށް ބައްޓަންކުރުމަކީ ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތުގެ ވަރަށް މުޙިއްމު މަރުހަލާއެކެވެ. އެހެނީ ޤައުމުތަކުގެ ތަރައްޤީ ގުޅިފައިވަނީ އެ ޤައުމެއްގެ އާއްމު ފަރުދުންގެ ފޮތްތެރިކަމާއި، ޢިލްމު ލިބިގަނެ ޢިލްމު ހޯދުމުގެ ޤާބިލުކަން އިތުރުވާވަރަކުންނެވެ. މިގޮތުން ލައިބްރަރީތަކަކީ މިކަމުގެ ވަރަށް އިސްރޯލެއް އަދާކުރެވޭނޭތަނަކަށްވާއިރު، ލައިބްރަރީތައް ތަރައްޤީކުރުމަކީ ވަރަށް މުޚިއްމު ކަމެކެވެ.
މީގެ އިތުރުން ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށްވެފައި، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ދަތިކަމަށްވީހިނދު، ރާއްޖޭގެ އެކި ލައިބްރަރީތަކުގައި ހުރިތަކެތި ބޭނުންކުރެވޭނޭ ރަނގަޅު ނިޒާމެއް ހަމަޖައްސުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިވަގުތު ކަންތައްތައް އިންތިޒާމްކުރެވިފައި ހުރިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިހުރި އެކި ލައިބްރަރީތަކުގައި ލިބެންހުރި ޢިލްމުގެ ވަސީލަތްތައް ދެނެގަނެވޭނޭގޮތެއް ހަމަޖެހިފައިނުވެއެވެ. މިކަމުގެ ސަބަބުން "ރިސޯސް ޝެއަރިންގ" އަށް ހުރަސްތަކެއް މެދުވެރިވެ، ކައިރިކައިރީގައި ހުންނަ ސްކޫލް ލައިބްރަރީތަކުގައި އެއް ފޮތްތަކެއް ތަކުރާރުވެ، ލިބޭ ފައިސާގެ ވަސީލަތުގެ އެންމެ އެދެވޭ ބޭނުން ހިފޭނޭގޮތް ވެފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ބައެއް ހިސާބުތަކުގައި ދިރިއުޅޭ ރައްޔަތުންނަށް ލައިބްރަރީއެއްގެ ޚިދުމަތްލިބޭނޭ ގޮތެއް އެއްގޮތަކަށްވެސް ހަމަޖެހިފައިނުވުމުގެ ސަބަބުންނާއި އަދި ފޮތް ގަނެވޭނޭގޮތުގެ އިންތިޒާމެއްވެސް ހަމަޖެހިފައިނުވާ ރަށްރަށް ހުރުމުގެ ސަބަބުން ކިޔުންތެރިކަން އިތުރުކުރެވޭނޭ ގޮތްތައް މަދުކަމުގައި ފާހަގަކުރެވެއެވެ. މިފަދަ ކަންތައްތަކުން އަރައިގަތުމަށް ޒަމާނީ އޮންލައިން ޑިޖިޓަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށް ޑިޖިޓަލް ލައިބްރަރީ ތަޢާރަފްކުރުމަކީ ވަރަށް މުޙިއްމުކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
މި ގޮތުން މި ކަންކަމަށް އަލި މަގެއް ހޯދުމުގެ މަސައްކަތަކީ އެކި އިރު އެކި ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކެކެވެ. ރާއްޖޭގެ ލައިބްރަރީތަކުގެ ޔޫނިއަން ކެޓަލޮގެއް ޤާއިމުކުރުމަކީ މީގެ 25 ވަރަކަށް އަހަރުކުރިންވެސް ތަސައްވަރު ކުރެވިފައިވާ ކަމެކެވެ. އެޒަމާނަކީ ކާޑު ކެޓަލޮގްގެ ޒަމާނެވެވެ. އެ ތަސައްވުރަށް ޢަމަލީ ސިފަޔެއް ނުލިބި އުޅެނިކޮށް ކާޑު ކެޓަލޮގްގެ ޒަމާންގޮސް އޮންލައިން ޒަމާނަކަށް މިވަނީ ބަދަލުވެފައެވެ. އޮންލައިން ވަސީލަތްތައް ޤާއިމުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަކީ ރާއްޖެ ކަހަލަ ވަސީލަތް މަދުޤައުމަކަށް ފަސޭހަކަމަކަށް ނުވުމާއި، މަޢުލޫމާތު ފެތުރުމާއި ލައިބްރަރީ ހިންގުމުގެ ދާއިރާގެ މަތީ ތަޢުލީމުލިބިފައިވާ މީހުން އަމުދުން މަދު ރާއްޖެއެއްގައި މި ކަހަލަ މަސައްކަތެއް ފެށުންވަނީ ލަސްވެފައިއެވެ.
މިކަންކަން މިހެން ހުރުމާއި އެކު މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ލައިބްރަރީތައް ތަރައްޤީކޮށް ކުރިއަރުވަން ކުރެވޭ މަސައްކަތުގެ ތެރޭގައި ލައިބްރަރީތައް ކޮމްޕިއުޓަރައިޒްކުރާނޭ ރަނގަޅު ސޮފްޓްވެއަރއެއް ހޯދާ ޓްރަޔަލް ކުރުމުގެ މަސައްކަތް 2010ވަނަ އަހަރު ކުރިއަށް ގެންދެވިފައިވެއެވެ. މިގޮތުން "ކޯހާ އިންޓަރގްރޭޓަޑް ލައިބްރަރީ ސިސްޓަމް" އަކީ އިމްޕްލިމެންޓް ކުރުމުގެ ޚަރަދު ނިސްބަތުން ކުޑަ ސޮފްޓްވެއަރއެއް ކަމުގައި ފެނި، މޯލްޑިވްސް ގްރީންސްޓޯން ސަޕޯޓް ނެޓްވޯކްގެ އެހީގައި މި ސޮފްޓްވެއަރގެ މާހިރުން ރާއްޖެއަށް ޒިޔާރަތްކޮށް ނޮވެމްބަރ 2010 ގައި މި ސޮފްޓްވެއަރގެ ތަމްރީނު ހިންގިފައިވެއެވެ.
ލައިބްރަރީ އޮޓޮމޭޝަންއާއި އެކު ޑިޖިޓަލް ލައިބްރަރީ ކަލެކްޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މޯލްޑިވްސް ގްރީންސްޓޯން ސަޕޯޓް ނެޓްވޯކްގެ އިސްނެގުމާއި އެކު 2010ވަނައަހަރު ފެށިފައިވެއެވެ. މިގޮތުން ގްރީންސްޓޯން ސޮފްޓްވެއަރ ބޭނުންކޮށް ރާއްޖޭގައި ޢިލްމީ ލިޔުން ޝާޢިއުކުރެވޭ މަޖައްލާއެއްކަމުގައިވާ ފަތްތޫރަ ޑިޖިޓައިޒްކުރުމުގެ މަސައްކަތް ޓްރަޔަލް ކުރެވިފައިވެއެވެ. އަދި ގްރީންސްޓޯން ސޮފްޓްވެއަރގެ ތަމްރީނުތައްވެސް 2010 ގައި ހިންގިފައިވެއެވެ.
މޯލްޑިވްސް ޑިޖިޓަލް ލައިބްރަރީ ޕްރޮޖެކްޓްގެ މައިގަނޑު ބޭނުން
މި ޕްރޮޖެކްޓްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ލައިބްރަރީތަކުގެ ޚިދުމަތްތައް ކޮމްޕިއުޓަރު މެދުވެރިކޮށް ދެވޭނޭ ފެންވަރަށް ލައިބްރަރީތައް ތަރައްޤީކުރުމާއި، މީގެ ސަބަބުން ލައިބްރަރީތަކުގެ ކެޓަލޮގް ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލުމާއި ލައިބްރަރީތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މި ވިއުގަ މެދުވެރިކޮށް ފުލްޓެކްސްޓް އެކްސެސް ވީހާވެސް ގިނަ ތަކެއްޗަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމެވެ.
މިގޮތުން ހާސިލުކުރަން ބޭނުންވާ ލަނޑުތަކަކީ:
1. ލައިބްރަރީތަކުން ދެވޭ ޚިދުމަތް ތަރައްޤީކުރުމުގެ ގޮތުން ލައިބްރަރީގެ ކެޓަލޮގް ކޮމްޕިއުޓަރައިޒްކޮށް، ތަކެތި ދޫކޮށް ބަލައިގަތުމުގެ މަސައްކަތް ކޮމްޕިއުޓަރ މެދުވެރިކޮށް ކުރިއަށްގެންގޮސް، ދެމެހެއްޓެނިވި ރަނގަޅު ނިޒާމެއް ހަމަޖެއްސުން.
2. ލައިބްރަރީތަކުގައި ހުރިތަކެތި އެނގޭނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮންލައިންކޮށް ފަސޭހައިން ބަލައިލެވޭނޭ އޮންލައިން ޕަބްލިކް އެކްސެސް ކެޓަލޮގް (އޯޕެކް) ޤާއިމުކުރުން.
3. ރާއްޖޭގެ އެކި ލައިބްރަރީތަކުގައި ހުރިތަކެތި މިހާރަށްވުރެ ބޮޑަށް އާއްމުކުރުމާއި "ރިސޯސް ޝެއަރ"ކުރުމުގެ މަގުފަހިކުރުމުގެ ގޮތުން ލައިބްރަރީތަކުގައި ރައްކައުކުރެވިފައިވާ ތަކެތީގެ ޔޫނިއަން ކެޓަލޮގެއް ޤާއިމުކުރުން.
4. ޑިޖިޓައިޒްކޮށް، އާއްމުކުރެވެން ހުރި ފޮތް ފަދަތަކެތީގެ ޑިޖިޓަލް ލައިބްރަރީއެއް ޤާއިމުކޮށް ވެބް ޕޯޓަލްއެއް މެދުވެރިކޮށް އެތަކެތި ބޭނުންކުރެވޭނޭ ނިޒާމެއް ހަމަޖެއްސުން.
މޯލްޑިވްސް ޑިޖިޓަލް ލައިބްރަރީ ޕްރޮޖެކްޓްގެ މައިގަނޑު މަސްއޫލު ފަރާތްތައް
1 - މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން
2 - ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ
3 - ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ
4 - ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
About Us
The "Maldives Digital Library" is an initiative to automate the physical library collections of the Maldives and to make it accessible online as much as possible; it also is an attempt to create digital library collections of local material to provide equitable access to the limited material by the dispersed Maldivian community. The work was initiated by the Maldives Library Association as the MLA Koha Pilot Project in 2011. The project was later taken up by the National Library with support from the Maldives Greenstone support Network, the Education Development Centre, and the National Centre for Information Technology
MLA Koha/GSDL Project 2011-2012 Project objectives
The general objective of the Project is to assist libraries of the Maldives in materializing automation of library services, thereby improving the overall service provision within and among the libraries. The specific objectives of the Project are:
Key partners of the Project
Project Team
The Project is coordinated by the Maldives Library Association, with administrative support from the National Library of Maldives, major financial support from the Education Development Centre, technical assistance from the MNU Library Team through the Maldives Greenstone support Network, and consultancy and support from Nepzilla Solutions, Nepal.
Libraries included in 2011-2012 Project
Libraries added in 2011
Libraries added in 2012
Search the combined catalog of all the 21 libraries as well as the Digital Library Collections currently in this library automation and digitisation Project.


Download Dhivehi Font for better viewing
A Nationwide Project
A nationwide library automation initiative with 21 libraries already networked during 2011-2012

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player